logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 04:49
ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ރާއްޖެއަށް އަންނަ ސްރީލަންކާ މީހުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި، މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ގާތް ގުޅުންކަން އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކާއިން ވަނީ އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ފަށާނެ ކަމަށް ވެސް އިޢުލާނުކޮށްފައެވެ. މި ބަދަލުތަކާ އެކު ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 4 ދުވަސް ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 7 ދުވަސް ކުރިންއީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 18 ދުވަސް ކުރިންޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީޚަބަރު | މަހެއް ކުރިން