logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރަހައްދީ ފެންވަރުގައި ފަރުތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ސްރީލަންކާއާ މަޝްވަރާ ކޮށްފި

އަޙުމަދު ރިޝާން
30 ޖުލައި 2026 - 05:46
ސަރަހައްދީ ފެންވަރުގައި ފަރުތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ސްރީލަންކާއާ މަޝްވަރާ ކޮށްފި

 ސަރަހައްދީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރި ސްރީލަންކާގެ ވަފުދާ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ބެހޭގޮތުން ކަމަށެވެ. މީގެ އިތުރުން ވައިލްޑްލައިފް މެނޭޖްމަންޓް ނުވަތަ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، ސްރީލަންކާ ކޮރަލް ރީފް އިނީޝިއޭޓިވް، އެސްއެލްސީއާރުއައި ގެ ދަށުން ކުރިއަށްދާ މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް މުއައްސަސާތަކާ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ. އަދި ފަންނީ ގޮތުން އެއްބާރުލުން ދިނުމާއި، މުރަކައިގެ ފަރުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްގައުމުން އަނެއްގައުމަށް އެހީތެރިވުން ހިމެނެ އެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމާއި "ބްލޫ އިކޮނޮމީ" ނުވަތަ ނޫ އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރަހައްދީ ފެންވަރުގައި ފަރުތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ސްރީލަންކާއާ މަޝްވަރާ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 3 މަސް ކުރިންލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރައީސް ފައްޓަވާދެއްވައިފިޚަބަރު | 3 މަސް ކުރިންރައީސްގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!ޚަބަރު | 3 މަސް ކުރިން