logo
MPL

MPL

ޚަބަރު

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރައީސް ފައްޓަވާދެއްވައިފި

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރައީސް ފައްޓަވާދެއްވައިފި

އަވަށްޓެރި ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާ، ހައިކޮމިޝަންގެ މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރުތަމަ ޕާސްޕޯޓް ލަންކާގައި އުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ޤައުމުކަމަށްވާއިރު، ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް އެންމެފުރަތަމަ ދޭން ފެށީ މެލޭޝިއާގައެވެ.

ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހި ދިރިއުޅެމުން އަންނަ ޤައުމަކަށް ވާއިރު މި ދެ ޚިދުމަތާއެކު ލަންކާގައި ތިބެގެން ޕާސްޕޯޓް އަދި އައިޑީކާޑް ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޕާސްޕޯޓާއި އައިޑީކާޑްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.

ދިވެހި ހައިކޮމިޝަނަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯސަންވިލާއަށާއި ސްރީލަންކާގެ ނެޝަނަލް މިއުޒިއަމްއަށް ޒިޔާރަތްކުރައްވާ، އެތަން ބައްލަވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 3 ދުވަސް ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | 4 ދުވަސް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 5 ދުވަސް ކުރިން