ލަންކާއިން ރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 އޮކްޓޯބަރު 2026 - 05:10

ސްރީލަންކާ ސަރުކާރުން، ރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރީ މިިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބޭސްތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ސިއްހީ ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.
ލަންކާގެ މީޑިއާތަކުން ބުނީ މި އެހީއަކީ ރާއްޖޭގެ ސިއްހަތާއި އާޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެދިވަޑައިގަތުމަކަށް ލަންކާ ސަރުކާރުން ފޯރުކޮށްދިން އެހީއެއް ކަމށެވެ.
ލަންކާގެ މީޑިއާތަކުން ބުނީ، މި އެހީ ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލައިޒް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަންގެ އިތުރުން އެ ގައުމުގެ ޗޭމްބަރު އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.
މި އެހީއާ ގުޅިގެން ސަފީރު މަސްއުދު އިމާދު ވަނީ، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައަށް ޝުކުރު އަދާކުރައްވައިފައެވެ

-01.jpg&w=3840&q=75)
