logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

މަރިޔަމް މާޙީ
21 ޖޫން 2026 - 08:52
ދަރަވަންދޫގައި ރަސްމީކޮށް  ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ބ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް އިތުރަށް ގާތުން އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށްޓަކައި، އެ އަތޮޅު ދަރަވަންދޫގައި މިއަދު ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ބ. އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް މިހާރު ޚިޔާރުކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބ. އަތޮޅު އިމިގްރޭޝަން އޮފީސް އޭދަފުށީގައި ރަސްމީކޮށް ހުޅުވާފައިވަނީ ނިމިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ.

ދަރަވަންދޫގައި މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން ޕާސްޕޯޓު ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެއެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޓްރޯނިކް ޕާސްޕޯޓް އަންނަ މަހު، އަލުން ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިންދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | 2 މަސް ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 2 މަސް ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 2 މަސް ކުރިން