logo
E-Platinum
ޚަބަރު

އިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
25 ޖުލައި 2025 - 13:19
އިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ތަފާތު ދާއިރާތަކަކުން ވަނީ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.

އެގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކާއި ޑޮލަރ ކްރެޑިޓު ލައިންގެ އެއްބަސްވުމާއި، މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ކޮލިޓީ ބޭސް ފޯރުކޮށްދިނުމާއި، މޫސުމާބެހޭ ޢިލްމާއި، ޖައްވުގެ ޢިލްމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭގޮތުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.


މީގެ އިތުރުން ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާއި އަދި އެމްއެމްއޭއާއި އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ.


އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީވަނީ ގުޅިފައިވާ ބަޔާނެއް އިއްވަވާފައެވެ. 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ ކޮންމެ ކަމެއް ބަލަހައްޓާނީ ދިވެހިން - ރައީސް ޚަބަރު | 3 ގަޑިއިރު ކުރިންފުލުހުންނާއި ސިފައިންގެ މުޢައްސަސާ ކުރިއެރުވުމަކީ އަޅުގަނޑަށް ލިބޭ ފަޚުރެއް - ރައީސް ޚަބަރު | 3 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒު އާއި ބޮޑުވަޒީރު މޯދީ، ސުލްޠާންޕާކުގައި ގަސްއިންދަވައި، ރާއްޖެ-އިންޑިއާ ގުޅުން ރަމްޒުކޮށްދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިން