logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުޙައްމަދު މުއިއްޒު، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

07e12825-7053-4357-93ae-e8af911ed4f4.jpeg

 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ޚިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.

މެޑެލި ހަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަޚުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

660bf3b6-488a-41ce-aa32-be0f28e57d29.jpeg

 

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ ޢަޒުމު އައުކުރައްވާފައެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުމަތީގެ ރައްކާތެރިކަން ހަނދާންކޮށް ދިނުމަށް ހަރަކާތެއް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާޚަބަރު | 4 ގަޑިއިރު ކުރިންފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 13 ގަޑިއިރު ކުރިން ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން