logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފި

އައިޝަތު އިނާޝާ
15 ޖޫން 2026 - 05:34
ރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން ރަސްމީކޮށް މިއަދު ތައާރަފްކޮށްފިއެވެ.

ބާސެލޯ ނަސެންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ދިވެހިންނަށް ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތުގެ ކާމިޔާބު ނަތީޖާއެކެވެ. މި ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އޫރީދޫ ފިންޓެކް އާ ގުޅިގެން، އެ ކުންފުނީގެ "އެމް-ފައިސާ" ޑިޖިޓަލް ވޮލެޓް މެދުވެރިކޮށެވެ.

ޕޭޕަލް އަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ، އެމެރިކާގެ މަލްޓިނޭޝަނަލް ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް ސީދާ ބޭންކް އެކައުންޓް ނުވަތަ ކާޑުގެ މައުލޫމާތު ހިއްސާނުކޮށް، ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބޭނުންކުރާ "ޑިޖިޓަލް ވޮލެޓް" އެކެވެ.

މީގެ ކުރިން ދިވެހިންނަށް ޕޭޕަލް ބޭނުންކުރެވެނީ ހަމައެކަނި ބޭރަށް ފައިސާ ފޮނުވުމަށެވެ ތަކެތި ގަތުމަށެވެ. ނަމަވެސް މިއަދު ތައާރަފްކުރެވުނު އާ ނިޒާމުގެ ދަށުން:

  • ބޭރުން ފައިސާ ލިބުން: ރާއްޖޭގައި ތިބެގެން ބޭރުގެ ކްލައިންޓުންނަށް މަސައްކަތްކޮށްދޭ ފްރީލާންސަރުންނަށް (ގްރެފިކް ޑިޒައިނަރުން، ޑިވެލޮޕަރުން، ރައިޓަރުން) އެމީހުންގެ އުޖޫރަ ޕޭޕަލް މެދުވެރިކޮށް ހޯދޭނެއެވެ.
  • އެމް-ފައިސާ އާ ގުޅާލުން: ޕޭޕަލް އެކައުންޓަށް ލިބޭ ފައިސާ، އޫރީދޫ އެމް-ފައިސާ ވޮލެޓަށް ސީދާ ބަދަލުކޮށްލެވޭނެއެވެ.
  • އީ-ކޮމާސް ވިޔަފާރި: ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އޮންލައިންކޮށް ވިއްކައި، ފައިސާ ބަލައިގަތުމުގެ ފުރުސަތު ހުޅުވޭނެއެވެ.
Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިންތިލަފުއްޓަށް ބަދަލު ކުރަނީ ޕޯޓްގެ 80% އަނެއްބައި ކުރިޔަށް ދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި: ރައީސްޚަބަރު | ދުވަހެއް ކުރިންޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން