logo
MPL

MPL

ޚަބަރު

މިއީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު: އަބުދުއްރަޙީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2026 - 16:53
މިއީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު: އަބުދުއްރަޙީމް

މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދިނުމަށް މުޅި ޕީއެންސީއެކުގައި ކަމަރު ބަނުމަށް މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ މިރޭ ގޮވައިލައްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް މިހާރު މާލޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުއްރްޙީމް ވިދާޅުވީ، ޕީއެންސީ ފިކުރުން މިހާހިސާބަށް އައިއިރު ބޭއްވުނު ކޮންގްރެސްތަކުގައި ރައީސް މުޢިއްޒު ފިޔަވާ ކޮންގްރެސްއެއްގެ ހުރިހާ މަންދޫބުންނާ ބައްދަލުކުރެއްވި ލީޑަރަކު ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އަބުދުއްރަހީމް އިޝާރާތްކުރެއްވީ ޕީއޭއާއި، ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ކޮންގްރެސްތަކަށެވެ.

‘’ޕީއޭގެ ކޮންގްރެސްއަކާއި، ޕީޕީއެމްގެ ދެ ކޮންގްރެސް އަދި ޕީއެންސީގެ ދެ ކޮންގްރެސް ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހެން މިދެއްނެވީ’’ އަބުދުއްރަހީމް ވިދާޅުވިއެވެ:

އޭނާ ވަނީ ދެ ދިމާލަކަށް، ދެ ފިކުރަކަށް ނުބެލުމަށް މެމްބަރުންގާތު އެދި ވަޑައިގަންނަވާފައެވެ. އަދި ބަލަންވީ އެއް ދިމާލަކަށް، އެއް ފިކުރަކަށް ކަމަށާއި އެއީ ޕީއެންސީ ފިކުރަށް ކަމަށް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވީ މިއީ މުޅި ޕީއެންސީގެ ފިކުރު އެކުގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރު ހޯދައިދިނުމަށް ކަމަރު ބަނދެ، އެ އަޒުމްގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 4 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 20 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 20 ގަޑިއިރު ކުރިން