ޕީއެންސީގެ ފަލްސަފާއަކީ ގައުމު އިސްކުރުން، އޮތީ ޤައުމީ އެޖެންޑާއެއް: ރައީސް
15 ސެޕްޓެމްބަރު 2026 - 17:57

ކޮންގްރެސް ޕާޓީގެ ފަލްސަފާއަކީ ޤައު އިސްކުރުންކަމަށާއި، އެ ޕާޓީގެ އޮތީ ޤައުމީ އެޖެންޑާއެއްކަމަށް ޕީއެންސީގެ ރައީސް، ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް މިރޭ ވާހަކަފުޅު ފައްޓަވަމުން ވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ޚާއްޞަ މެސެޖެއް އިއްވާފައެވެ. އެ މެސެޖުގައި އަންވަރު ވަނީ ރައީސް މުޢިއްޒަށާއި، ޕީއެންސީއަށް ކާމިޔާބީއަށް އެދިވަޑައިގެން މަރުޙަބާ ފޮނުއްވާފައެވެ. އަދި ދިވެހިރާއްޖެއަށް ހެޔޮގޮތް ހޯދައިދިނުމުގައި މެލޭޝިޔާ ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ޕީއެންސީއަކީ ވަރަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރާޕާޓީއެއްކަން ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެޕާޓީ އަބަދުވެސް އިސްކުރަނީ ޤައުމާއި ޤައުމީ މަަސްލަހަތުކަމަށްް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ފިކުރުގެ ހުރިހާ ފަލްސަފާއެއްވެސް ގުޅިފައޮތީ ޤައުމު އިސްކުރުމާ، މި ޤައުމަކީ އަޅުގަނޑުމެންގެ ހިތާރޫޙް ގުޅިފައިވާ ހަމައެކަނިކަންތައް، ޤައުމީ ފިކުރު، ޤައުމުގެ މާތްވެގެންވާ އިސްލާމްދީން، އެއީ އަޅުގަނޑުމެންގެ ހަމައެކަނި އަސާސް’’ ރައީސް ވިދާޅުވެފަވެއެވެ.
އިސްލާމްދީނަށް ނަސްރު ދިނުމާއި، ޤައުމިއްޔަތު އިސްކުރުމާއި، ޚާރިޖީ ދާހިލީ ހުރިހާކަމެއްގައި ވެސް ޤައުމު އިސްކުރުމުގެ ސިޔާސަތަކީ ޕީއެންސީގެ އަސާސްތައްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.


