މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި
16 ސެޕްޓެމްބަރު 2026 - 13:54

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

Ad by Hajj Corporation
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވުނު ފުރައްސާރައެއް ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މައްކާއާއި އެ ސިޓީގެ ރައްޔިތުންނާއި، ޢުމްރާވެރިން އަދި ޙައްޖުވެރިން ރައްކާތެރިކުރުމުގައި ރޯޔަލް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅުއްވާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.
މީގެ އިތުރުން، މިފަދަ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށާއި، މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.


