logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސް

އައިޝަތު ނަޝާ
14 ޖޫން 2026 - 18:21
އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސް

އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްކަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،އި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއި އެކީގައި އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލް ތަޅާލި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލް ތަޅާލައި، މަގުމަތީ ކުރީ ނޫންތޯ. ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން" ރައީސް ޑރ.މުހައްމަދު މުއިއްޒު

ނަމަވެސް މި ސަރުކާރުން ގެންގުޅުއްވާ ބިނާ ކުރަނިވި ފިކުރުން އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، ސްކޫލް އަޅަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިރާދަ ކުރެއްވިއްޔާ މި އަންނަ ދިރާސީ އަހަރު އެސްކޫލް ހުޅުވައި ކިޔަވަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް މީގެ ކުރިން އެޅުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގައެވެ. އެހެން ނަމަވެސް ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރަބިއްޔާ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށި ހަމަޖައްސަވައިދެއްވާފަ އެވެ.

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާއިރު، އަރަބިއްޔާގެ އާ އިމާރާތުގައި ހިމެނޭނީ 40 ކްލާސްރޫމެވެ. މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގެނެވުނީ ގާދޫ ކޮލުން ބޭރަށް ދަނިކޮށް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާ އެއް ޚަބަރު | 6 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިން