ރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާ އެއް ކިޔައިފި
14 ޖޫން 2026 - 13:40
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަަމް ސާޖިދާ މުޙައްމަދު ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު މީދޫއަށް ކުރައްވާ މި ދަތުރުފުޅަކީ، އިއްޔެ ބޭއްވި އެ ރަށު ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރު ބުރުގައި ވޯޓު ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މިރޭ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޚާއްޞަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެވެ. ސުހާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 54.09 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
މި ދަތުރުފުޅަކީ އިންތިޚާބީ ކާމިޔާބީއަށްފަހު ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޕާޓީގެ ފަރާތުން ޝުކުރު އަދާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ.


