logo
Bank of Maldives

Bank of Maldives

ޚަބަރު

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސް މުޢިއްޒުގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖޫން 2026 - 16:40
މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢު

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ނަތީޖާއިން ހާމަވެގެންދަނީ، ޤައުމުގެ ކަންކަން އިސްލާޚް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު ލިބެމުން އަންނަކަން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޖޫން 13 ވީ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ވަނީ އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު ޝާހިދުގެ މައްޗަށް ކުރިހޯއްދަވައި ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީއާ ގުޅިގެން ޝުޖާޢު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، ކެންޑިޑޭޓް ސުހާ އަށާއި، ޕާޓީގެ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅުގެ ދަށުން މި ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި ހީވާގި ޓީމަށް މަރުޙަބާ ދަންނަވާފައިވެއެވެ.

"މިނަތީޖާއިން ހާމަވެގެންދަނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 އިންތިޚާބަށްފަހު ޤައުމުގެ ކަންކަން އިސްލާޚް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު ލިބެމުން އަންނަކަން" ޝުޖާޢު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، މާތްاللهގެ ހެޔޮ ރަޙްމަތާއެކު 2028 ވަނަ އަހަރާ ބައްދަލު ކުރާނީ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދައިގެން ކަމަށްވެސް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.

މި ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދިން އިތުބާރެއްގެ ގޮތުގައި ޕީއެންސީން ސިފަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢުޚަބަރު | 2 ގަޑިއިރު ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 9 ގަޑިއިރު ކުރިން