logo
Bank of Maldives

Bank of Maldives

ޚަބަރު

މަރްޙޫމް ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖޫން 2026 - 16:18
މަރްޙޫމް އާސިފްގެ ޢާއިލާ އާއި ސީޕީ ބައްދަލުކުރަށްވަނީ، ފޮޓޯ: ޕޮލިސް
މަރްޙޫމް އާސިފްގެ ޢާއިލާ އާއި ސީޕީ ބައްދަލުކުރަށްވަނީ، ފޮޓޯ: ޕޮލިސް

މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވައި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވިއެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވިއެވެ.

މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން މި ބައްދަލުވުމުގައި ކޮމިޝަނަރ ތަކުރާރުކުރެއްވިއެވެ.

އާސިފް ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 8 ގަޑިއިރު ކުރިން