logo
Bank of Maldives

Bank of Maldives

ޚަބަރު

ވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފި

މަރިޔަމް މާޙީ
13 ޖޫން 2026 - 09:58
ވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފި

ދިވެހި ސަރުކާރުން އަލަށް ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ނިންމައި، ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ އާއި ސާބަސް ރައްދުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމާލުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މި އިނީޝަލް ތަމްރީނަށްފަހު، އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ލިބުނު ފުރުޞަތުގައި ސިފައިންގެ ޚިދުމަތާ ގުޅުމަށް ނިންމި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޯހުން އެކި ވަނަތައް ހާސިލުކުރި ހުރިހާ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ސިފައިންގެ މަތިވެރި ޚިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންނަކީ ގައުމީ ލޯބި ހުރި، އަހުލާގު ރަނގަޅު، މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތަމްރީނުވާ ޒުވާނުންނަށް ސިފައިންގެއާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 3 ގަޑިއިރު ކުރިންތައިލެންޑުގެ ޕްރިންސަސް އަވަހާރަވުމުގެ ހިތާމައިގާ ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 20 ގަޑިއިރު ކުރިންމަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާޚަބަރު | ދުވަހެއް ކުރިން16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތަކެއް މަނާކުރުން: ރައްކާތެރި ޑިޖިޓަލް ޖީލެއް ބިނާކުރުމަށް އެޅޭ ބިންގަލެއްރިޕޯޓް | ދުވަހެއް ކުރިން