logo
މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެE-Platinum
ޚަބަރު

ދިވެހިންގެ ކޮންމެ ކަމެއް ބަލަހައްޓާނީ ދިވެހިން - ރައީސް

އަޙްމަދު ޒަލީފް
26 ޖުލައި 2025 - 07:08
ދިވެހިންގެ ކޮންމެ ކަމެއް ބަލަހައްޓާނީ ދިވެހިން - ރައީސް

ދިވެހިންގެ ހުރިހާ ކަމެއް ނިންމާނީ ދިވެހިން ކަމަށާއި، މި ޤައުމުގެ އާބާދީ މިލިއަނަކަށް ނޭރިއަސް މިއީ ވަރަށް ފަޚުރުވެރި ޤައުމެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާ ފުލުހުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ ސިފައިންނާ ފުލުހުންގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކު ފަޚުރުވެރިވާންޖެހޭ ޚިދުމަތެއްކަމަށެވެ. ފުލުހުންނާއި ސިފައިންގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތަކީ، މުޅި ޤައުމާ ދިވެހި ހުރިހާ ރައްޔިތުންނަށްކޮށްދެވޭ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއްކަމަށާއި ދިވެހިންގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށްކަމަށެވެ.

"މި ޤައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ އަޅުގަނޑުމެއް އަމިއްލައަށް. އެއީ ޤަބޫލުކުރާ ހަމައަކީ. ކެޕޭސިޓީ އިތުރުކުރުމާ ފަންނީ އެހީ އަދި ވަސީލަތުގެ އެހީ ހޯދަންވީ، އެ ސިޔާސަތު އޮންނާންވާނެ. އެކަމަކު ބަޔަކު އައިސް ރާއްޖޭގައި ތިބުމަކީ ސިޔާސަތެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

410147_84efd180-6_.jpg

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތަކަށް ކޮށްދޭ ކޮންމެ ކަމަކީ، ދިވެހި ޤައުމުގެ މިނިވަންކަން އަމިއްލަ އަތްމަތީގައި ބޭއްވުމަށް ކުރައްވާ މަސައްކަތްކަމަށެވެ. އަދި ދިވެހިންގެ އަމާންއަމާކަމާއި ސުލްޙަވެރިކަން ދަމަހައްޓާ، ސަލާމަތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުންކަމަށެވެ.

"އަމާޒަކީ މި ވެށި، އަމާން ސުލްހަވެރި ވެއްޓަކަށް ހެދުން. އެކަން ކުރަންތިބި ބަޔަކީ ތިޔަ ފުލުހުންނާ ސިފައިން. ތިބޭފުޅުންގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަޚުރުވެރިކަމާއެކު އެންމެ އިސްކަންދީގެން ކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ދެ ރައީސުންގެ ދައުރު ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންވީއޭއައިގެ އައު ޓާމިނަލް ރަސްމީކޮށް ރައީސް ހުޅުވައިދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންމިނިވަން ދުވަހާއި ދިމާކޮށް އާ ޓާމިނަލް ހުޅުވަން ނިންމީ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަަން މުހިންމު ވާތީ: ރައީސް ޚަބަރު | 4 ގަޑިއިރު ކުރިންދޮޅު އަހަރުން 70 % މަސައްކަތް ނިންމަން އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވި ފަހުލަވާނަކީ ރައީސް : އެމްޑީ ޝަރީފް ޚަބަރު | 5 ގަޑިއިރު ކުރިން