logo
Bank of Maldives

Bank of Maldives

ޚަބަރު

އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ދެ ރައީސުންގެ ދައުރު ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައިފި

ޝަހްޒާ މުހައްމަދު
26 ޖުލައި 2025 - 17:05
އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ދެ ރައީސުންގެ ދައުރު ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލްގެ މަޝްރޫޢުގެ މަސައްކަތް ފެއްޓެވި، ކުރީގެ ދެ ރައީސުންގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ގާތްގަނޑަކަށް 10 އަހަރުގެ ބުރަ މަސައްކަތެއް ހިމެނޭ މަޝްރޫޢެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަޝްރޫޢުގެ މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، އޭގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް މި މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ފާހަގަކުރެއްވިއެވެ.

އައު ޓާމިނަލް ހުޅުވިގެން ދިޔައީ ސަޢޫދީ ފަންޑު ޑިވެލޮޕްމަންޓް، ކުވެއިތު ފަންޑު، އަބޫދާބީ ފަންޑު ޑިވެލޮޕްމަންޓް އަދި އޮޕެކް ފަންޑުގެ އެހީތެރިކަމާއެކުގައި ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި ފަންޑުތަކުން ދިވެހި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށްވެސް ވިދާޅުވިއެވެ.

"ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން ހާސިލްވާ ކަމެއް، ވަރަށް ގިނަ ބައެއްގެ މަސައްކަތުން ހާސިލްވާކަމެއް، މިރޭ އަޅުގަނޑުމެން މި އިހްތިފާލު ކުރަނީ ވަރަށް ބޮޑު ކަމެއްގެ ނިމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލްގެ މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބުކަމަުގައި ރަޢިސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދަވައިފިޚަބަރު | 31 މިނިޓު ކުރިންޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންޞިއްޙީ އޮނިގަނޑުތައް ދެމެހެއްޓުމަށް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް: ރައީސްޚަބަރު | ދުވަހެއް ކުރިން ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި ދަނޑެއް ތަރައްގީކޮށްދިނީ މި ސަރުކާރުން، ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ޚަބަރު | ދުވަހެއް ކުރިން