logo
މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެE-Platinum
ޚަބަރު

މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖުލައި 2025 - 17:38
 އއ. މާޅޮހު ބަނދަރު ސަރަހައްދު، ފޮޓޯ:އއ.މާޅޮސް ފޭސްބުކް
އއ. މާޅޮހު ބަނދަރު ސަރަހައްދު، ފޮޓޯ:އއ.މާޅޮސް ފޭސްބުކް

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތުން ދިންގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ދެ ބިދޭސީއަކަށެވެ. އެ ދެ މީހުން ވަނީ ފިހިފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 20:45 ހާއިރުއެވެ.

ފުލުހުން ބުގޮތުގައި، މި ހާދިސާގައި ފިހުނު ދެ ބިދޭސީއަށް މާޅޮހު ހެލްތު ސެންޓަރުން ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މި ދެމީހުން މާލެއަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭއިރު، ފުލުހުން މި މައްސަލަ ދަނީ ތަޙްޤީޤު ކުރަމުންނެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެޚަބަރު | 11 ގަޑިއިރު ކުރިންމިނިވަން ދުވަހާ ގުޅިގެން ވެހިކަލްތަށް ނުދުއްވޭ ގޮތަށް ނިންމި ނިންމުން ބާތިލުކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންއެކްސިޑެންޓަކާ ގުޅިގެން ކާރެއްގައި ދިޔަ ދެ މީހަކު ހޯދަނީ ޚަބަރު | 3 ދުވަސް ކުރިން