logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހާއި ދިމާކޮށް އާ ޓާމިނަލް ހުޅުވަން ނިންމީ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަަން މުހިންމު ވާތީ: ރައީސް

ޝަހްޒާ މުހައްމަދު
26 ޖުލައި 2025 - 16:23
މިނިވަން ދުވަހާއި ދިމާކޮށް އާ ޓާމިނަލް ހުޅުވަން ނިންމީ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަަން މުހިންމު ވާތީ: ރައީސް

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާޓާމިނަލް މިނިވަން ދުވަހާއި ދިމާކޮށް ހުޅުވަން ނިންމެވީ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމަކީ ވަރަށް ޚާއްޞަ ކަމަކަށް ވާތީކަމަށް ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިއަދު މި ހުޅުވިގެންދަނީ ވަރަށް ވެސް މުހިންމު ދޮރާށްޓެއް. ފަޚުރުވެރި މިނިވަން ދުވަހު އަޅުގަނޑު މި ތަން ހުޅުވަން ބޭނުންވީ، ހަމަ ގަސްތުގައި ވަރަށް ޚާއްޞަ ސަބަބަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމަކީ ވަރަށް ޚާއްޞަ ކަމަކަށް ވާތީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢު ނިންމުމަށް ކުރެވުނު މަސައްކަތުގައި ސަރުކާރުގެ ވަޒީރުންނާއި އެމް.އޭ.ސީ.އެލްގެ ވެރިންނާއި މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި، ރައީސް މުޢިއްޒު އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތް އެހާ ބާރު ސްޕީޑެއްގައި ނުކުރެވުނުނަމަ، އިތުރު ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމުގައި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގައި މި ޓާމިނަލްގެ ދައުރު މުހިންމު ވާނެ ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށް ވުރެ ވެސް އިސްކުރަންވީ ދިވެހި ޤައުމު. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގޮއްސިއްޔާ މިފަދަ އެތައް ތަރައްޤީއެއް ކަންކަމެއް އަޅުގަނޑުމެންނަށް ހާސިލުވާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 9 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 17 ގަޑިއިރު ކުރިންނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން