ދޮޅު އަހަރުން 70 % މަސައްކަތް ނިންމަން އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވި ފަހުލަވާނަކީ ރައީސް : އެމްޑީ ޝަރީފް
26 ޖުލައި 2025 - 15:47

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަތުގައި ހިތްޕަވައިގެން ވަޑައިގެންނެވި މާކުޅަދާނަ ފަހުލަވާނެއް ކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ދަތުރާއި މުސްތަޤުބަލުގެ އުއްމީދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަސްކުރިން ހުޅުލޭގެ ގޮނޑުދޮށުން ދިވެހި ކާބަފައިން ގަލާއި ވެލި އުފުލައިގެން ފެށި މަސައްކަތުން އުފެދުނު ކުޑަކުޑަ ވައިގެ ބަނދަރު ، މިއަދު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓަކަށް ތަރައްޤީވެފައިވާ މަންޒިލަކަށްވެފައެވެ.
"ކާމިޔާބުގެ މާނަ އަޅުގަނޑުމެން ދިވެހިން ދެނެގަތީ މި ވައިގެ ބަނދަރު ފަދަ މިނިވަން ކޮންމެ ކަމެއް ހިމާޔަތްކޮށް ރައްކާތެރިކުރަމުން،" ޝަރީފް ވިދާޅުވިއެވެ.
އާ ޓާމިނަލްގެ މަޝްރޫޢުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ވިސްނުންފުޅުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި މަޝްރޫޢަކީ ދިވެހިންގެ ޝަރަފަށް އިތުރުވި އުސް ސިފައެއްކަމުގައި ޝަރީފް ވިދާޅުވިއެވެ.
" ދެހާސް ތޭވީސް ވަނަ އަހަރު އަޅުގަނޑު ހުއްޓެންޖެހުނީ ހުރިހާ މާނައެއްގައި ވެސް ހުސްކަމެއްގެ ތެރެއަށް. ހުސް ހުރަސްތައް. އަދި ބޮޑެތި ގޮންޖެހުންތައް. ކަރަންޓު ދެވޭނެ ގޮތެއް ނެތް. ކަރަންޓުގެ ވިއުގައެއް ވެސް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. ފެން ހިންދާނެ ގޮތެއް ނެތް. ތަނަށް ބޭނުންވާ ބާރަ މެގަވޯޓުގެ ކަރަންޓުގެ ނިޒާމު އުފަންކުރީ، މި ވާހަކަ ބަނދަރުން އުފެއްދި ހީވާ ގޮތްތަކުން. ގިމަތެއް އޮތީތީ ހަމަ ނުހިނގާނެކަން ބުނެދިނީ، ހެޑް އޮފް ސްޓޭންޑޭ އެ ބުނާ މަގު ވުޖޫދުގައި ވެސް ނެތަތީ ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިތްޕަވައިގެން ވަޑައިގެންނެވި މާކުޅަދާނަ ފަހު ލަވާނެއް. ހިނގާންވީ މަގު ކޮށްޓަވައިދެއްވައި، ތިރީހަކަށް ޕަސެންޓް ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން ހަތްދިހަ ޕަސެންޓް ނިންމައި، ކާމިޔާބުގެ މަންޒިލަށް ވާސިލުވެވަޑައިގެންފި. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަދަ ކާމިޔާބު ލީޑަރުންގެ ތަޢުރީފަކީ މިއީ." އެމްޑި ވިދާޅުވިއެވެ.
މި ތާރީޚީ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ޤައުމުގެ އިޤްތިޞާދީ ކުރިމަގަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އެމްޑީ އުއްމީދު ފާޅުކުރެއްވިއެވެ.