ދިފާއީ ވުޒާރާގެ ދޮށިމޭނާ ބިލްޑިން ހުޅުވައިދެއްވައިފި
އާމިނަތު ޝަފާ
25 ޖުލައި 2025 - 14:55

ދިފާއީ ވުޒާރާގެ 10 ބުރީގެ އައު އިމާރާތް "ދޮށިމޭނާ" ބިލްޑިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިންވެގެން އިމާރާތްކޮށްފައިވާ ކޯސްޓްގާޑުގެ އައު އިމާރާތަކީ އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ ތަނެކެވެ.
"ދޮށިމޭނާ" ބިލްޑިން ހުޅުއްވައިދެއްވުމަށްފަހު ދެ ބޭފުޅުންވެސް ވަނީ އެ އިމާރާތުގެ މޮޑެލެއް ބައްލަވާލައްވާ ޚިދުމަތްތަކުގެ މަޢުލޫމާތުތައް އޮޅުން ފިލުވާފައެވެ.
މި ތަނުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތަކެވެ. ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ ޚިދުމަތަށް 45 އަހަރު ފުރިފައިވާއިރު މި ބިލްޑިންއާ އެކު އެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ބެލެވެއެވެ.