logo
ޚަބަރު

މިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި

އާމިނަތު ޝަފާ
27 ޖުލައި 2025 - 06:13
މިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި

ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންގެ މާޗް ޕާސްޓާއި މަގުމަތީ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ހަވީރު 16:15 ގައެވެ. ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ. ޕެރޭޑު ނިންމާލާނީ ކަލާސީނު ކޮށިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންގެ މާޗް ޕާސްޓާއި މަގުމަތީ ހިނގާލުން އިއްޔެ މާލޭގައި ބާއްވާފައިވާއިރު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި މި ހަރަކާތްތަކުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ މާޗް ޕާސްޓަށް ފަހު، މާލޭގައި ބޭއްވި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ވަނީ މާލޭގެ ފަސް ސަރަހައްދެއްގައި ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. އެގޮތުން، ވެލާނާގޭ ކަންމަތިން ފެށި މަގުމަތީ ހިނގާލުމުގެ ލަޝްކަރު ވަނީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލީ ކަޅުތުއްކަލާކޮށްޓަށެވެ.

މި މަގުމަތީ ހިނގާލުންތައް ކުރިއަށްދިޔަ އިރު، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން ނިކުމެ، މަގުމަތީ ހިނގާލުން ބަލާލާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 10 ދުވަސް ކުރިންއެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފިޚަބަރު | 21 ދުވަސް ކުރިންމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއްޚަބަރު | 22 ދުވަސް ކުރިންތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން