logo
Bank of Maldives

Bank of Maldives

ޚަބަރު

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޯގަސްޓު 2025 - 18:51
ތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފި

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު މަނަވަރު "ދަރުމަވަންތަ"، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު،މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށް ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި މަނަވަރު ރަސްމީކޮށް ދިވެހިރާއްޖެއާ ޙަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

DSC_9612.jpg

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ މަނަވަރުގެ ނަން ކަޝްފުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން "ދަރުމަވަންތަ" ކަޝްފުކޮށްދެއްވައި، މަނަވަރުގެ ޚިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ޙަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.

DSC_9668.jpg

ތުރުކީން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ދިފާޢީ ބާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދާނެއެވެ.

DSC_9616.jpg

 

މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ވަނީ ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، ތުރުކީ ވިލާތުގެ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތައް ވެސް ވަނީ ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރައްވާފައެވެ. މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 8 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 14 ގަޑިއިރު ކުރިން''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''ޚަބަރު | 14 ގަޑިއިރު ކުރިން