logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޝަހްޒާ މުހައްމަދު
5 ސެޕްޓެމްބަރު 2025 - 05:34
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހ. ފެނިގެއްލިދާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

ރޯވެފައިވަނީ އެގޭގެ ހަދަމުންދާ ފަންގިފިލާއެއްގައި ހުރި ކުނިތަކެއްގައިކަމަށް އެމްއެމްޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:19 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައިކަމަށް ވިދާޅުވިއެވެ.

އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލެވުނީ 08:36 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި ޚަބަރު | 12 ގަޑިއިރު ކުރިންއައްޑޫގައި މިރޭ ހަވާ އަރުވަނީޚަބަރު | 4 ދުވަސް ކުރިންސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | 8 ދުވަސް ކުރިންފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 19 ދުވަސް ކުރިން