logo
Bank of Maldives

Bank of Maldives

ޚަބަރު

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!

ޒިދާން މުޙައްމަދު
11 ޑިސެމްބަރު 2025 - 04:51
ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް ޅ. މާފިލާފުށީގައި ކުރިއަށް ގެންދާނެ ކަމަށާއި މިތަމްރީން ހިނގަމުންދާއިރު އެ ރަށުގެ ވަށައިގެންވާ ސަަރަހައްދުން 200 މީޓަރު ދުރަަށް ފްލޭއަރސް ދަތުރުކުރާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސުން ބުނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޑިސެންބަރު 13 އިން 20 އަށް ޅ. މާފިލާފުށީގައި ކުރިއަށް ގެންދާނެ ކަމަށެވެ. 8 ދުވަހު މިތަމްރީން ކުރިއަށް ގެންދާނީ، ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށްކަމަށްވެސް ބުންފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މިނިސްޓްރީން ބުނި ގޮތުގައި،  މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލޭއަރސް ދަތުރުކުރާނީ ޅ. މާފިލާފުށީގެ ވަށައިގެންވާ ސަރަހައްދުން 200 މީޓަރ ދުރުމިނަށެވެ. އަދި ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ޅ. މާފިލާފުށްޓަކީ ސިފައިންނަށް ސަރުކާރުން ދެއްވާފައިވާ ރަށެކެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މެރިންކޯ ޓްރޭނިންގ ސްކޫލާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ހިންގަމުންދާ ރަށެވެ. ކު

ރިން މީހުން ދިރިއުޅެފައިވާ އަދި ދިވެހިތާރީޚުގައި އެރަށުގެ ވާހަކަތައް ލިޔެވިފައިވާ ފާދިއްޕޮޅު މާފިލާފުށި ސިފައިންގެ ތަމްރީނުތަކުގެ މުހިންމު މަރުކަޒަކަށް ވަނީ ބަދަލުވެފައެވެ.

މާފިލާފުށި އޮންނަނީ ފާދިއްޕޮޅުގެ ހުޅަނގު ދެކުނުގައިވާ އަޑީގެ އުތުރުގައި، ލޯކުރެންދޫގެ ހުޅަގު އުތުރުގައެވެ. އެއީ، ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު މާރަށެކެވެ. އެރަށުގައި މީހުން ދިރިއުޅެފައިވަނީ ރަށުގެ އުތުރުކޮޅުގައެވެ. މާފިލާފުށި އޮންނަ ފަޅުގައި އިރުމަތީގައި މާކޯ އާއި މެދަފުށި ކިޔާ ދެފަޅުރަށް އޮވެއެވެ. ހުޅަނގުކޮޅުގައި މީދާހުރާ ކިޔާ ފަޅުރަށެއް އޮވެއެވެ. 

20 ވަނަ ޤަރުނުގެ 24 އަހަރުގެ މުއްދަތަކަށް މާފިލާފުށީގައި މީހުން ދިރިއުޅުނުކަމުގައިވީ ނަމަވެސް، ރައީސް މުހައްމަދު މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި އެރަށަކީ ފަޅުރަށެއްކަމުގައި ހަމަޖެއްސުމަށް ފަހު އެރަށުގެ މީހުންވަނީ ހުޅުމާލޭގައި 2010 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ވަޒަންވެރިކުރެވިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | ދުވަހެއް ކުރިންފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 13 ދުވަސް ކުރިންކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެޚަބަރު | 13 ދުވަސް ކުރިންމާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީޚަބަރު | 16 ދުވަސް ކުރިން