މާލޭ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި
4 މޭ 2026 - 05:12

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވަނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.

Ad by Hajj Corporation
މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވޭނެ ކަަމަށް ލަފާކޮށް އަންނަނި ހުދު ސަމާލު ނެރެމުންނެވެ.
އެގޮތުން މެޓުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއިހަަމައަށް މިއަދުގެ ފަތިހު05:00 އިން ފެށިގެން މިއަދު 10:00 އާއި ހަަމައަށް ހުދު ސަމާލު ނެރެފައެވެ.
މެޓު އޮފީހުން ބުނީ، މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްކޮޅަކީ ރާއްޖޭ އެކި ސަރަހަށްދަށް ވިއްސާރަ ދުވަސްކޮޅެކެވެ. އެގޮތުން ރޭގައި މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. މެޓުން ވަނީ ހުރިހާ ފަރާތް ތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.


