logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ މަގުތަށް ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނަޝާ
12 ޖޫން 2026 - 10:45
މާލޭ މަގުތަށް ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓުން ވަނީ މިއަދު މެންދުރު 12:45 އިން ފެށިގެން ހަވީރު 17:00 އަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރިފައެެވެ. އެ ސަމާލުގައި ބުނެފައިވަނީ އެވަގުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ މަގުތަށް ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 11 ދުވަސް ކުރިންއަޟްހާ އީދު ފާހަގަކުރަން ވިލިމާލެއާ ދިމާ ބޭރުގައި މިރޭ ހަވާ އަރުވަނީޚަބަރު | 13 ދުވަސް ކުރިން"ޢީދު ހަވީރު 1447" މާލެ ސަރަހައްދުގައި ފަށައިފިޚަބަރު | 16 ދުވަސް ކުރިން