logo
MPL

MPL

ޚަބަރު

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖޫން 2026 - 02:35
ލޯންޗް އެކްސިޑެންޓްވެފައި، ފޮޓޯ: އެމްއެންޑީއެފް
ލޯންޗް އެކްސިޑެންޓްވެފައި، ފޮޓޯ: އެމްއެންޑީއެފް

ދެ ފަޅުވެރިންނާއެކު ދަތުރުކުރި ލޯންޗެއް އެކްސިޑެންޓްވެ، ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ "ޓުއަރ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި ލޯންޗް އެކްސިޑެންޓްވުމާ ގުޅިގެން ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ. އަނިޔާވި މީހުން މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ލޯންޗުގެ ކުރީކޮޅުން އެއްފަރާތް ވަނީ އެއްކޮށް ފުނޑިފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ސަރަހައްދާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 9 ދުވަސް ކުރިންމަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފްޚަބަރު | 14 ދުވަސް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 18 ދުވަސް ކުރިންބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 20 ދުވަސް ކުރިން