އަޟްހާ އީދު ފާހަގަކުރަން ވިލިމާލެއާ ދިމާ ބޭރުގައި މިރޭ ހަވާ އަރުވަނީ
30 މޭ 2026 - 06:51

އަޟްހާ އީދު ފާހަގަކުރަން ވިލިމާލެއާ ދިމާ ބޭރުގައި މިރޭ ހަވާ އަރުވަން ނިންމާފައިވާކަަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއްކަމަށެވެ.

Ad by Hajj Corporation
މިއަހަރުގެ އަޟްޙާ ޢިދު މާލެ އާއި އަތޮޅުތެރޭގައި ވަނީ ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. އަދި މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. އެގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ސްޓޯލްތަކުގައި އެކި ކުޅިވަރުތައް، ޢިދު ދުވަހާއި ޢީދާއި ގުޅިގެން ބަންދުވި 3 ދުވަހު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އަދި ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއެކު ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފް އަދި ވެމްކޯއިން ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. ސެންޓްރަލް ޕާކުގައިވެސް އެމްއެންޑީއެފް، ޕޮލިސް، ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީންވަނީ ކުޅިވަރުތަކާއެކު އިންތިޒާމުކޮށްފައެވެ.


