logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފި

ޒިދާން މުޙައްމަދު
17 ޖޫން 2026 - 11:57
ބަޔަކު މޫދުގައި: އޭޕްރިލް މަހަކީ އެންމެ ހޫނުގަދަ ވާނެ މަސް ކަމަށް މެޓް އޮފީހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަޔަކު މޫދުގައި: އޭޕްރިލް މަހަކީ އެންމެ ހޫނުގަދަ ވާނެ މަސް ކަމަށް މެޓް އޮފީހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

 

ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިގެ ބާރުމިން ހުންނާނެ މިންވަރު

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މިއީ އާންމުކޮށް ވައި ޖެހޭ މިންވަރަށް ބަލާއިރު މެދު މިންވަރެއްގެ ބާރުމިނެކެވެ.

ކަނޑުތަކުގެ ހާލަތު

ކަނޑުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.

މޫސުން އާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް، ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ: މެޓްޚަބަރު | 4 ދުވަސް ކުރިންރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންބައެއް ސަރަހައްދަށް ހުދު ސަމާލު - ކުރިއަށް ވެސް މޫސުން ގޯސްޚަބަރު | 13 ދުވަސް ކުރިން