logo
Bank of Maldives

Bank of Maldives

ޚަބަރު

ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ހާއްސަ ހަރަކާތްތަކެއް!

އައިޝަތު ނަޝާ
20 އޭޕްރީލު 2026 - 10:05
ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ހާއްސަ ހަރަކާތްތަކެއް!

އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރު ވެސް ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލު 21ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. މާލޭގައި މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މޭ 2 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 16:15ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށްދާނެއެވެ.

މި މުނާސަބަތާ ގުޅިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ މަގުތަށް ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 14 ދުވަސް ކުރިންއަޟްހާ އީދު ފާހަގަކުރަން ވިލިމާލެއާ ދިމާ ބޭރުގައި މިރޭ ހަވާ އަރުވަނީޚަބަރު | 16 ދުވަސް ކުރިން"ޢީދު ހަވީރު 1447" މާލެ ސަރަހައްދުގައި ފަށައިފިޚަބަރު | 19 ދުވަސް ކުރިން