logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުގެ ސަލާމަތާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އޮސްޓްރޭލިއާއެކު އެއްބަސްވުމެއް!

އައިޝަތު ނަޝާ
7 މޭ 2026 - 18:06
ކަނޑުގެ ސަލާމަތާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އޮސްޓްރޭލިއާއެކު އެއްބަސްވުމެއް!

މަދަނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އާއި އޮސްޓްރޭލިއަން ބޯޑަރު ފޯސް ކޮމާންޑާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅިގެން ތަމްރީނުތައް ހިންގުމާއި، ވިލަރެސްކުރެވިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މައުލޫމާތާއި ފަންނީ ތަޖުރިބާ ބަދަލުކުރުމަށްޓަކައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް މި ފަހުމުނާމާގެ ދަށުން ގާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، އޮޕަރޭޝަންތައް ހިންގުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އަދި ސަރަހައްދީ ކަނޑުގެ ސަލާމަތަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، މިހާރަށްވުރެ އަވަސް އަދި ފައިދާހުރި ގޮތެއްގައި އިޖާބަދިނުމަށް މަގުފަހިކުރުމަކީ ވެސް މި ފަހުމުނާމާގެ މުހިންމު ބޭނުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއްދޭ ކަމަށާއި މި ފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސަލާމަތާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އޮސްޓްރޭލިއާއެކު އެއްބަސްވުމެއް!ޚަބަރު | ގަޑިއިރެއް ކުރިންސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | 5 މަސް ކުރިންކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި 402 ތަނެއް ބަލައި ފާސްކޮށްފިޚަބަރު | 2 އަހަރު ކުރިން