logo
Bank of Maldives

Bank of Maldives

ޚަބަރު

ކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި 402 ތަނެއް ބަލައި ފާސްކޮށްފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
3 އޮކްޓޯބަރު 2024 - 16:14
ކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކުރަނީ--ފޮޓޯ/މިނިސްޓަރީ އޮފް ޑިފެންސް
ކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކުރަނީ--ފޮޓޯ/މިނިސްޓަރީ އޮފް ޑިފެންސް

ކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި 402 ތަނެއް ބަލައި ފާސްކޮށްފިއެވެ.

"އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ހިންގާ ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގަިއ ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރި ކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ މި އޮޕަރޭޝަން ގައި ތިން ދުވަސް ތެރޭގައި އިންސްޕެކްޝަން ޓީމްތަކުން ވަނީ ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައެވެ. އެގޮތުން، މީހުން ދިރިއުޅޭ 347 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮކްޓޫބަރު މަހުގެ 1 ން 15ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓާ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަން ގެ ތެރެއިން ދެނެގަންނާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުނު ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | ދުވަހެއް ކުރިންކެމިކަލް ރައްކާކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަނެއްގައި 402 ތަނެއް ބަލައި ފާސްކޮށްފިޚަބަރު | އަހަރެއް ކުރިން