ލޮނުޒިޔާރަތްމަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ހާދިސާއެއްގައި ގިނަ ޢަދަދެއްގެ ސައިކަލަށް ގެއްލުންވެއްޖެ
ޒިދާން މުޙައްމަދު
7 މޭ 2026 - 19:55

ލޮނުޒިޔާރަތްމަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ހާދިސާއެއްގައި ގިނަ ޢަދަދެއްގެ ސައިކަލަށް ގެއްލުންވެއްޖެއެވެ.
މިހާދިެސާ ހުިނގާފައި ވަނީ ދާދި ދެންމެއެވެ.

Ad by Hajj Corporation
ކާރުން ޖެހި މަގުގައި ޕާކުކޮށްފައިވާ ސައިކަލުތައް ވެއްޓިފައިވާއިރު 16 ވަރަކަށް ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ބައެއް ސައިކަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
މި ހާދިސާ ހިނގުމާއެކު މިސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.


