ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
އައިޝަތު ނަޝާ
7 މޭ 2026 - 18:23

މެދުރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި ޒުވާނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ނުލިބެއެވެ.


