logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މެއި 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ފުލުހުން ވަނީ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ / ހިޔާވަހި، ޢަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އެމް ޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ) އެވެ. ފުލުހުން ބަލައިފާސްކުރި އެޕާޓްމަންޓްތަކުން 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު، ކަސްޓަމްސްއިން ހަވާލުކުރި ތަކެއްޗާއެކު ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގެންދަނީ ސިލްސިލާކޮށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގާއިއެކު ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންހުޅުމާލޭން ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެޚަބަރު | ދުވަހެއް ކުރިންހުޅުމާލޭން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | ދުވަހެއް ކުރިންއިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެޚަބަރު | ދުވަހެއް ކުރިން