ހުޅުމާލޭން ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެ
6 މޭ 2026 - 11:30
.png&w=2048&q=75)
ޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދިޔަ، ޢުމުރުން 15 އަހަރުގެ ޢާއިޝަތު އަލްޔާ ޢަލީ ފެނިއްޖެއެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 5ވަނަ ދުވަހުގެ 16:15ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެގެން އެ ކުއްޖާގެ ޢައިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad by Hajj Corporation
ފުލުހުންނަށް ރިޕޯޓުކުރުމާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އަދި އެ ކުއްޖާ ހޯދަމުންދާކަން އިޢުލާންކުރިތާ ގަޑިއެއްހާއިރު ފަހުން އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކުއްޖާގެ ޙާލު ރަނގަޅުކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާއިރު އިތުރު އެހެން ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
މާލެ ސަރަޙައްދުގައި މިފަހުން އައިސް މިފަދަ ޙާދިޘާތައް ހިނގައެވެ.


