logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެ

މަރިޔަމް މާޙީ
6 މޭ 2026 - 05:56
އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެ

އިންޑޮނޭޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން (JCLEC) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން" ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

28 އެޕްރިލް އިން މެއި 1 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮޅުވާލުމުގެ މުއާމަލާތްތަކާއި (ސައިބަރ ފްރޯޑް) ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވެފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލާއި، ޑްރަގް ފައިނޭންސިންގ އިންވެސްޓިގޭޝަން ޔުނިޓްގެ ސީނިއަރ ސާޖަންޓް އާމިނަތު ޝިރާންއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ސްކޭމްތައް ހިންގާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ރޭވުމާއި، އިންފޯމަންޓުންގެ އެހީތެރިކަން ފުރިހަމައަށް ހޯދުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް ހެކި ހޯދައި ރައްކާތެރިކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާނެ އުކުޅުތަކާއި، ސައިބަރ ފްރޯޑްގެ ތަހުގީގުތަކުގައި ބޭނުންކުރެވޭ ބައިނަލްއަގުވާމީ ގާނޫނީ ވަސީލަތްތަކާ ގުޅޭގޮތުން ވެސް މި ކޯހުގައި މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިންކަމަށް ވެސް ބުންޏެވެ.

ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ހިންގާ ސައިބަރ ކުށްތަކާއި މާލީ މުއާމަލާތްތަކުގެ ފްރޯޑް ހުއްޓުވުމަށްޓަކައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ސައިބަރ ކުށްތައް ތަހުގީގުކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެޚަބަރު | ގަޑިއިރެއް ކުރިންއެންޕީއެމް ރިޕޯޓާ ގުޅިގެން މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ފުލުހުންގެ ކަންބޮޑުވުން!ޚަބަރު | 15 ގަޑިއިރު ކުރިންޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީޚަބަރު | 20 ގަޑިއިރު ކުރިން އޭޕްރީލް މަހުގެ ފަހު ހަފްތާގައި 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިޚަބަރު | ދުވަހެއް ކުރިން