logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ފޭދޫ ސްކޫލުގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް، ރޯވި އަލިފާންގަނޑު ނިއްވާލައިފި

މަރިޔަމް މާޙީ
29 އޭޕްރީލު 2026 - 05:30
އައްޑޫ ފޭދޫ ސްކޫލުގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް، ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ލައިބްރަރީގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:20 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 08:56 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ވަނީ ސްކޫލް އިމާރާތުން ބޭރަށް ނެރެފަ އެވެ.

އަލިފާން ރޯވާން މެދުވެރިވީ ސްކޫލް ލައިބްރަރީގެ ބޭރުގައި ކަމަށްވީ ނަމަވެސް، މި ހާދިސާގައި ލައިބްރަރީގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ލައިބްރަރީގައި ހުރި ކަބަޑުތަކާއި، އޭސީ ޔުނިޓްތަކުގެ އިތުރުން އެހެނިހެން ތަކެއްޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 3 ދުވަސް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 21 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިޚަބަރު | 21 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 21 ދުވަސް ކުރިން