އައްޑޫގައި މިރޭ ހަވާ އަރުވަނީ
15 ޑިސެމްބަރު 2025 - 06:28

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް ގައުމީ ދިފާޢީ ބާރުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫ ހިތަދޫގައި މިރޭ 22:15 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Ad by Hajj Corporation
އެމްއެންޑީއެފުން އިތުރަށް ބުނީ، މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެމްއެންޑީއެފުން އަމިއްލަ ފަރާތަކުގެ އިވެންޓުތަކަށް ވެސް ހަވާ އެރުވުމުގެ ހަރަކާތައް ކުރިއަށް ގެންގޮސްދެއެވެ. އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން އީދު ފަދަ ހާއްސަ ދުވަސްތަކުގައި ވެސް ހަވާ އަރުވައެވެ.


