logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޯގަސްޓު 2025 - 04:51
އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަށް ގެއްލުންވެފައި، ފޮޓޯ: އެންޑީއެމްއޭ
އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަށް ގެއްލުންވެފައި، ފޮޓޯ: އެންޑީއެމްއޭ

މާލޭގެ ގެއްގެ އެޕާޓްމަންޓެއްގެ އޭސީ އައުޓްޑޯރ ޔުނިޓެއްގައި ހޮނިހިރު ދުވަހު ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މާފަންނުގައި ހުންނަ އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި، އައުޓްޑޯރ ޔުނިޓްގައި ރޯވި އަލިފާން 7:59 ގައި ވަނީ ކޮންޓްރޯލްކޮށް ނިއްވާލެވިފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓުގެ ތެރެއަށް އަލިފާން ފެތުރި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ މިކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | ދުވަހެއް ކުރިންފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 13 ދުވަސް ކުރިންކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެޚަބަރު | 13 ދުވަސް ކުރިންމާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީޚަބަރު | 16 ދުވަސް ކުރިން