ސަފާރީ އެއްގައި ރޯވެ އަނދަނީ
9 މޭ 2026 - 12:24

ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ސަފާރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަޔަރ ފައިޓަރުން ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ އަދި އަޅާފައި އޮންނަ ސަރަހައްދަކަށް ވުމާއެކު، އަލިފާންގަނޑު ފެތުރިގެން ނުދާނެ ފަދަ ގޮތަކަށް ސިފައިން ދަނީ ފިޔަވަޅު އަޅަމުންނެވެ.


