logo
E-Platinum
ޚަބަރު

މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި

އަޙްމަދު ޒަލީފް
28 ޖުލައި 2025 - 06:22
ބްރޭކިން ނިއުސް / Breaking News
ބްރޭކިން ނިއުސް / Breaking News

ލ. މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފިއެވެ.

އެރަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލާފައިވާކަން އެރަށު ކައުންސިލްގެ ރައީސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާއިރު، ވަޅިން ހަމަލާދިނުމުގެ ސަބަބުން އަނިޔާލިބުނު މީހާ ނިޔާވެފައިވާކަން އެ ރަށު ޞިއްހީ މަރުކަޒުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ޙަމަލާދީފައިވަނީ އެމީހާގެ ކަރަށެވެ.

ފުލުހުން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 އެހާކަންހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިހަމަލާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި ހާދިސާގައި ނިޔާވެފައިވަނީ ލ. މާވަށް/ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ވަޅި ހޯދީ މޫދުން ޚަބަރު | ދުވަހެއް ކުރިންމާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި ޚަބަރު | 2 ދުވަސް ކުރިންދެ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށްޚަބަރު | 2 މަސް ކުރިން