logo
E-Platinum
ޚަބަރު

މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ވަޅި ހޯދީ މޫދުން

އަޙްމަދު ޒަލީފް
28 ޖުލައި 2025 - 14:14
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ޒުވާނާ
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ޒުވާނާ

ލ. މާވަށުގައި މިއަދު ހިންގި މާރާމާރީގައި މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފި އެވެ. 

މީޑީއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މޫސާ މަރާލަން ހަމަލާދިން ކަމަށް ބެލެވޭ ވަޅި ހޯދީ މޫދަށް ފީނައިގެން ކަމަށެވެ.

މި ޒުވާނާ މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސްރާރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ 2 މީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ވަޅި ހޯދީ މޫދުން ޚަބަރު | 18 ގަޑިއިރު ކުރިންމާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި ޚަބަރު | ދުވަހެއް ކުރިންދެ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށްޚަބަރު | 2 މަސް ކުރިން