logo
E-Platinum
ޚަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

އަޙްމަދު ޒަލީފް
27 މޭ 2025 - 11:42
ދެ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ލ.މާވަށާއި އދ.ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

މި ދެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ލ. މާވަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55،500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 7500 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމުގެ އިތުރުން 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

IMG_7131.jpeg

540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރެއްވި މިމަޝްރޫޢުގެ އަގަކީ 89.13 މިލިޔަން ރުފިޔާއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ގޮނޑުދޮށަށް 14،322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14،322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތުގެ އިތުރުން، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

240 ދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީއާ ޙަވަލުކުރެވުނު މި މަޝްރޫޢުގެ އަގަކީ 46.20 މިލިޔަން ރުފިޔާއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމާއެކު ލ.މާވަށާއި އދ.ހަންޏާމީދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައާއި އުދައެެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ވަޅި ހޯދީ މޫދުން ޚަބަރު | ދުވަހެއް ކުރިންމާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި ޚަބަރު | 2 ދުވަސް ކުރިންއާރްޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފަށައިފިޚަބަރު | 2 ދުވަސް ކުރިންފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިޚަބަރު | 20 ދުވަސް ކުރިން