logo
E-Platinum
ދުނިޔެ

ގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ

އަޙްމަދު ޒަލީފް
28 ޖުލައި 2025 - 07:55
ގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ

ގަދަ ހޫނުގެ ސަބަބުން ތުރުކީވިލާތުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ ހަލުވިކަމާއެކު އަނދަމުން އެބަދެއެވެ.

މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ދެ ޕްރޮވިންސެއްގައި ދިރިއުޅޭ 3،600 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.

އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނީ އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އެއީ ހޫނު މޫސުމުގައި އެ ޤައުމުގައި ހުންނަ ހޫނުމިނަށްވުރެ 12 ޑިގްރީ ސެލްސިއަސް އިތުރު ޢަދަދެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޤައުމުގެ ދެކުނުއިރުމަތީ ސަރަޙައްދުތަކުގައި 50 ޑިގްރީ ސެލްސިއަސްއަށް ވެސް ހޫނުމިން އިތުރުވެފައިވެއެވެ.

އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވެފައި ވަނީ ތުރުކީވިލާތުގެ ދެކުނުގެ ދެ ޕްރޮވިންސެއް ކަމަށްވާ މަރސިން އަދި އަންތަލްޔާއާއި މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޔުސަކު އަދި ހުޅަނގު އުތުރުގައި އޮންނަ ބުރްސާގެ އިތުރުން އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ކަރަބުކްގައެވެ.

މަރސިންއާއި އަންތަލްޔާއާއި ޔުސަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރި ނަމަވެސް އެހެން ސަރަޙައްދުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު މިހާތަނަށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ތުރުކީވިލާތުގެ ދަނޑުވެެރިކަމާބެހޭ ވަޒީރު، އިބްރާޙިމް ޔުމަކްލީ ވަނީ ވިދާޅުވެފައެވެ. އެއާއެކު ބުރްސާ އާއި ކަރަބުކްއިން ވަނީ މީހުން ހުސްކޮށްފައެވެ.

އޭގެ އިތުރުން ކަރަބުކްގައި ފެތުރެމުންދާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާތާ ފަސް ދުވަސް ވަނީ ވެފައެވެ. އެ ޕްރޮވިންސުގެ 19 އަވަށަކުން 1،839 މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. އެ ސަރަޙައްދުގައި ތިން މަތިންދާބޯޓާއި 16 ހެލިކޮޕްޓަރު ދަނީ އަލިފާން ނިވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ ދުނިޔެ | 4 ދުވަސް ކުރިންހުޅުމާލޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 19 ދުވަސް ކުރިންހުޅުމާލޭގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 19 ދުވަސް ކުރިންވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | މަހެއް ކުރިން