logo
Bank of Maldives

Bank of Maldives

ޚަބަރު

2 ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

މުޙައްމަދު އަފްރާޙް
16 ޖެނުއަރީ 2026 - 13:52
ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ހަރަކާތްތެރިވަނީ
ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ހަރަކާތްތެރިވަނީ

ރާއްޖޭގެ ދެ ސަރަހައްދެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައާއި ސ. މީދޫ މަތިކިޅި ކައިރި ވަލުތެރޭގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެތެރެއިް ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 14:30 ހާއިރު ކަމަށެވެ. އެ ރިޕޯޓު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ.

މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  16:00 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެއިތުރުން ސ. މީދޫ މަތިކިޅި ކައިރި ވަލުތެރޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 11:45 ހާއިރު ކަމަށް ވަނީ ބުނެފައެވެ. އަދި އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  12:05 ހާއިރު ކަމުގައި ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ދެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރިސާތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްފިޚަބަރު | 2 ދުވަސް ކުރިންފަތުރުވެރިކަމަށް އައްޑޫ "ސަވާހެލި" އިހުތިސާސް އިން ވަކި ކޮށްފިޚަބަރު | 3 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 6 ދުވަސް ކުރިންހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، އެކަކު ފިހި، އިތުރު ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފިޚަބަރު | 24 ދުވަސް ކުރިން