logo
E-Platinum
ޚަބަރު

މާވަށުގައި މަރާލި މީހާގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފި

އާމިނަތު ޝަފާ
29 ޖުލައި 2025 - 07:10
އައިޖީއެމްއެޗް -- ފޮޓޯ/ ސަން އޮންލައިން
އައިޖީއެމްއެޗް -- ފޮޓޯ/ ސަން އޮންލައިން

މާވަށުގައި ވަޅިން ހަމަލާދީ މަރާލި މީހާގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ މާވަށުގައި ހިންގި މާރާމަރީގައި ނިޔާވި އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްގެ ހަށިގަނޑު ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނެސްފައިވާކަމަށެވެ.

މޫސާ އިބްރާހިމް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ފުލުހުންވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށާއި އަދި މި މާރާމާރީގައި މޫސާ އިބްރާހިމަށް ހަމަލާދިނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުހައްމަދު އިބްރާހީމްކަމަށެވެ. އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސާ އިބްރާހިމްއަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންވަނީ މިހާރު ހޯދާފައެވެ. އަދި މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީޚަބަރު | 7 ގަޑިއިރު ކުރިންމާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށްޚަބަރު | ދުވަހެއް ކުރިންމާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ފުޅަނދުން އާއްމުންނަށް ދިނީ އެއްބައިވަންތަކަމާއި ރައްކާތެރިކަމުގެ މެސެޖުތައްޚަބަރު | 2 ދުވަސް ކުރިން