logo
Bank of Maldives

Bank of Maldives

ޚަބަރު

މާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޝަހްޒާ މުހައްމަދު
29 ޖުލައި 2025 - 10:35
މާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަކަމަށެވެ.

ފުލުހުން ބުނެފައިވަނީ ނިޔާވި މޫސާ އިބްރާހީމްއަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން މޫދަށް ފީނައިގެން ހޯދަފައިވާކަމަށެވެ.

މާރާމަރީގައި މޫސާ އިބްރާހީމްގެ ހަށިގަނޑު ތަޙްޤީޤީ ބޭނުންމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯދަމުންދިޔަ ރ. ވާދޫ މީހާ ފެނިއްޖެޚަބަރު | ގަޑިއިރެއް ކުރިންހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް ޒަޚަމްކޮށްލައިފިޚަބަރު | 2 ގަޑިއިރު ކުރިންއަލިފާނުގެ ހާދިސާއެއްގައި ދިގުރަށުން ފަސް މީހަކު މަރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންކަނޑުމައްޗަށް ނުކުތް ރ. ވާދޫ މީހަކު ގެއްލިގެން ހޯދަނީޚަބަރު | 9 ގަޑިއިރު ކުރިން